Last Updated: June 13, 10:19
Saturday, June 13, 2026
ޚަބަރު

ސިވިލް ކޯޓް ވަގުތީ ގޮތުން ހިންގުން ފަރުހާދަށް

ސިވިލް ކޯޓްގެ އިސް ގާޒީ އަހުމަދު ނިމާލް ޖުނައިދު އިއްޔެ ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން އެ ކޯޓް ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދުއާ މިއަދު ހަވާލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފަރުހާދަކީ ސިވިކް ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ގާޒީ ކަމަށާއި އޭނަ އެ ކޯޓުގައި މަސައްކަތް ކުރައްވާތާ 19 އަހަރު ވެއްޖެ ކަމަށެވެ.

ގއ. މާމެންދު އަށް ނިސްބަތްވާ ގާޒީ ނިމާލް، 36، ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އެނގިފައިވެ އެވެ.

އޭނަ ސިވިލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރީ މި އަހަރުގެ މާޗްގަ އެވެ. ނިމާލް އިސްގާޒީއަކަށް އޭރު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.