މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ، މިއަދު މެނދުރު ފަހު 2:30 އިން 6:30 ގެ ނިޔަލަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައިވާއިރު ރާޅުގެ އުސްމިނުގައި 2 ފޫޓާއި 5 ފޫޓު ހުންނާނެ ަކަމށް މިއަދު މެޓް އޮފީހުން ބުނެއެވެ. މިއަދުގެ މޫސުން ލަފާ ކުރަމުން މެޓް އޮފީހުން ހެނދުނު ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
Alert White for swell wave surges. pic.twitter.com/Qtp6cAXiKD
— Maldives Meteorology (@MetMaldives) September 21, 2023
އާންމުކޮށް އުދަ އަރާނެކަމަށް ލަފާ ކުރާ ގަޑިތަކުގައި ވީހާވެސް ގޮނޑު ދޮށާއި ދުރުން އުޅުމަށް އިދާރާތަކުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން އުދަ އަރާފާނެ ކަމަށް ބަލައި ރާއްކާތެރި ފިޔަވަޅު އެޅައި ތިބުމަށްވެސް އިދާރާތަކުން އިލްތިމާސް ކުރެއެވެ.