އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ކުރައްވަނީ ރާއްޖެ ދުށް އެންމެ ކޮރަޕްޓް އަދި އެންމެ އަނިޔާވެރިޔާ ވެރިޔާގެ ހިޔަނީގައި ހުންނަވައިގެން ކަމަށް ވިދާޅުވެ. ޑރ. މުހައްމަދު އިޔާޒް ފާޑު ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ކެމްޕޭން ޕޯސްޓަރުތަކުގައި އޭނަގެ ރަނިންމޭޓްގެ ފޮޓޯއާ އެކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ވެސް ހުރެ އެވެ. ޔާމީނަކީ ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ދައުވާތަކެއް ސާބިތުވެ، މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ޔާމީންގެ ވެރިކަމުގައި އޮތް ފަދަ އަނިޔާވެރިކަމަކަށް އަނެއްކާ ވެސް ދިވެހިން ދާން ޖެހިދާނެ ކަމަށް ބުނާތީ އޭގެ ރައްދުގައި އަނިޔާވެރިކަން ނައްތައިލާނީ އޭނަ ކަމަށް ކަމަށް ވިދާޅުވާތީ އޭގެ ރައްދުގައި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަން ނިންމުމަށް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ އިރު، މުއިއްޒު ކެމްޕޭން ކުރައްވަނީ ރާއްޖެ ދުށް އެންމެ ކޮރަޕްޓު، އެންމެ އަނިޔާވެރި ވެރިޔާގެ ފޮޓޯފުޅުގެ ހިޔަނީގައި ހުންނަވައިގެން ކަމަށެވެ.
"މުއިއްޒު ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ނަމަ އަނިޔާވެރިންނާއި ޚާއިނުންގެ ކިބައިން ދުރުހެލިވެލައްވާ." އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.
މުއިއްޒަކީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ކެންޑިޑޭޓެވެ.