އަންނަ ނޮވެމްބަރު މަހު އޮލިމްޕަށް ގެންނަން ނިންމާފައިވާ ފިލްމު "ފްރީ ޑެލިވަރީ" ގެ ޕްރޮމޯޝަނަލް ލަވަ މިއަދު ދައްކާލައިފި އެވެ.
"ކެޗީ" ލިރިކްސްއެއް ހިމެނޭ މި ކުލަ ގަދަ ލަވައިން ފިލްމުގެ މައިގަނޑު ތަރިންތައް ފެނިގެންދެ އެވެ. ޕްރޮމޯޝަނަލް ލަވައިގައި އެ މީހުން ކިޔައި ދެނީ ސިފަ ހުންނަ ގޮތުން ފާޑުކިޔުންތައް އަމާޒުވާ ބައެެއް ކަންކަމުގެ ވާހަކަ އެވެ.
"ފްރީ ޑެލިވަރީ" އަކީ މިދިޔަ މަހު އޮލިމްޕަހުގައި ދެއކްި ކްރައިމް ތުރިލާ "ނީނާ" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީއެކެވެ. މި ޕްރޮޑިއުސްކޮށްފައި ވަނީ ކަޒްމިކް އިންޓަނޭޝަނަލް އިންނެވެ.
ނޮވެމްބަރު 4 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ފްރީ ޑެލިވަރީ" ގެ ކާސްޓުގައި ރައުފަތު ސޯދިގާއި އައިޝާ އާއި ވާޝިޔާ މުހައްމަދާއި ޝާރިފު އަހުމަދާއި އިފްނާޒް ފިރާގާއި އޭނަގެ އަންހެނުން ތާތި އަދި އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ) ގެ އިތުރުން ވެސް ތަންކޮޅެއް އާ މޫނުތަކެއް ހިމެނެ އެވެ.
ފިލްމުގެ ޕްރޮމޯޝަނަލް ލަވަ މިއަދު ދައްކާލި އިރު، މީގެ ޓްރެއިލާ މި މަހުގެ 15 ގައި އާންމުކޮށްފައިވެ އެވެ.