ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ހައްޔަރު ކުރުމާއި ގުޅިގެން އަޑު އުފުލުމަށް މިރޭ އައްޑޫގައި އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ޖަހާއިރު މަރަދޫފޭދޫ ދިރާގު ކުރިމަތިންނެވެ.
ރައީސް ނަޝީދު ހައްޔަރު ކުރުމަށްފަހު މިއަދު ހަވީރު 4:00 ޖަހާއިރު އެމަނިކުފާންގެ ޝަރީއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ އިރު އިއްޔެ މެންދުރުން ފެށިގެން ގިނަ ބަޔަކު ވަނީ މާލޭގައި ނަޝީދު ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ.
އެމްޑީޕީގެ ތާއިދު ބޮޑު އައްޑޫގައި، މިރޭ އެއްވުން ނިންމާފައިވާ އިރު، މިކަމާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދަނީ އެއްވުމަށް ގޮވާލަމުންނެވެ.