Last Updated: July 24, 17:36
Friday, July 24, 2026
މުނިފޫހިފިލުވުން

ބޮލީވުޑްގެ ބައެއް މީހުން އައިފޯން 15 އެކީ

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 15 ގަންނަން ދުނިޔޭގެ އެކި ހިސާބުތަކުން މީހުން މިހާރު އަންނަނީ ފޯރި ނަގަމުންނެވެ.

އެގޮތުން މިހާރު ސޯޝަލް މީޑިއާ އިން މިހާރު އެންމެ ބޮޑަށް ފެންނަނީ ބޮލީވުޑްގެ ބައެއް ފަންނާނުން އައިފޯން 15، އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުން އަންނަ ތަނެވެ.

މީގެ ތެރޭގައި މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާއި އެކްޓަރު ރިތޭޝް ދޭޝްމުކްގެ އިތުރުން ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ފާހަގަކޮށްކެވެ. މި މީހުން އައިފޯނާ އެކީ ނަގާފައިވާ ފޮޓޯތަައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ފޮލޯވަރުން މިހާރު އަންނަނީ ކޮމެންޓްކުރަމުންނެވެ.

ކުރިިއަށް އޮތް ދުވަސްތަކުވައި އައިފޯން 15 ގަންނަ ބޮލީވުޑްގެ ތަރިން ގިނަ ވާނެ ކަމަށް ގަބޫލުކުރެވޭ މި ފޯނުގެ ޕްރީ މެކްސް މޮޑެލް އިންޑިއާގައި އިޝްތިހާރުކުރުމުގައި މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހިއްސާވާނެ އެވެ. އެހެންވެ ރަންވީރަކީ ވެސް މިހާރު އައިފޯން 15 ގެ އަހުލުވެރިއަކަށް ނޫނީ ނުވާނެ އެވެ.

އައިފޯން 15 ދައްކައިލީ މި މަހުގެ 12 ގަ އެވެ. އޭގެ ހަތަރު މޮޑެލްއެއް ހިމެނެ އެވެ. އެއީ އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.