މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1،312،088 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ 1،153،234 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން ރާއްޖެއަށް 152،967 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން އައިސްފައިވަނީ 144،041 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އިނގިރޭސިލިވާތުންނެވެ.
ރާއްޖޭގައި މިވަގުތު ޖުމުލަ 63،088 އެނދު ހުރިއިރު މީގެތެރެއިން އޮޕަރޭޝަނަލް ހާލަތުގައި ހުރީ 62،284 އެނދެވެ.