Last Updated: May 11, 05:59
Sunday, May 11, 2025
ޚަބަރު

އަސްލަމް އައްޑޫގައި ދޮރުންދޮރަށް ކެމްޕޭންގައި

ރައީސް އިބްރާހޯމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވަަރަށް ފޯރީގައި އައްޑޫގައި ދޮރުންދޮރަށް ކެމްޕޭން ކުރައްވަމުން އެބަގެންދަވަ އެވެ.

މިއަދު ހެނދުނުން ފެށިގެން އަސްލަމާއި އޭނަގެ ޓީމުން އަންނަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ޒިޔާރަތްކޮށް، ދޮރުންދޮރަށް ކެމްޕޭން ހިންގަވަމުންނެވެ.

އަސްލަމަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރެވެ. އޭނަ މީގެ ކުރިން ވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން އައްޑޫގެ ހުރިހާ އަވަށްތަކަށް ވަޑައިގެން ކެމްޕޭން ގިނަ ހަރަކާތްތައްކެއް ހިންގަވާފައިވެ އެވެ.

މިދިޔަ ހަފުތާއިން ފެށގެން އަސްލަމާއި އޭނާގެ ޓީމުން ގެންދަވަނީގައި އައްޑޫގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

އެމްޑީޕީން މިއަދު މުޅި ރާއްޖޭގައު ދޮރުންދޮރަށް ކެމްޕޭން ކުރިއަށް ގެންދެ އެވެ.

ރައީސް ސޯލިހުގެ ޓީމުން ފޯރިއާ އެކީ ކެމްޕޭން ކުރިއަށް ގެންދާ އިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. ރައީސާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.