Last Updated: July 24, 17:36
Friday, July 24, 2026
ޚަބަރު

ޝަލަބީ ހުރީ ރައީސް ސޯލިހާ އެކީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ނިންމައިފި އެވެ.

ޓީވީއެމުން ގެނެސްދިން "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން އިން ސަމާލުކަން ހޯދުމަށް ފަހު، މިހާރު ރާއްޖޭގައި ތިބި އެންމެ ފާހަގަކޮށްލެވޭ ޒުވާން ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝަލަބީ، ރައީސްގެ ދެކަނބަލުންނާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ ސޯޝަލް މީޑިއާގައި ބުނީ އޭނަގެ ވޯޓް އޮތީ ރައީސަށް ކަމަށެވެ.

"‏އަަޅުގަނޑަށް އިބޫ ކަމުދަނީ އަޅުގަނޑުމެން ފަންނާނުންގެ އަޑުއައްސަވާ ވެރިއަކަށްވާތީ." އޭނަ ބުންޏެވެ.

ރާއްޖޭގެ ވަރަށް ގިނަ ފަންނާނުން ރައީސް ސޯލިހަށް ތާއީދުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނާއި އެ ނޫން ވެސް މަޝްހޫރު ބައެއް ސެލެބްރިޓީން ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. ރައީސާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.