Last Updated: July 24, 17:40
Friday, July 24, 2026
މުނިފޫހިފިލުވުން

"ބިގް ބޮސް 17" ފަށާނީ އޮކްޓޯބަރު 15 ގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ހޯސްޓްކުރާ ކަލާސް ޓީވީގެ ރިލިއަލިޓީ ޝޯ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން އަންނަ މަހުގެ 15 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.

މި ޝޯގެ ޕްރޮމޯތަކެއް ތަފާތު ގޮތްގޮތަށް ސަލްމާނާ އެކީ އަންނަނީ ދައްކަމުންނެވެ.

"ބިގް ބޮސް 17" ފަށާ ތާރީހު އިއުލާންކުރި ނަމަވެސް މި ފަހަރުގެ ސީޒަންގައި ވާދަކުރާ ސެލެބްރިޓީންނަކީ ކޮބައި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ޝޯ އިން ފެންނާނެ ކަމަށް ބެލެވޭ އެކިއެކި ތަރިންގެ ވާހަކަތައް މީޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ.

މި އަހަރުގެ ފެބްރުއަރީގައި ނިންމާލި "ބިގް ބޮސް 16" ކާމިޔާބުކުރީ ރެޕާ ސްޓޭން އެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" އަކީ 2006 އިން ފެށިގެން ގެނެސްދެމުން އަންނަ އެއްޗެކެވެ. މިއީ ނެދަލޭންޑްސްގެ ޝޯއެއް ކަމަށްވާ "ބިގް ބްރަދާ" ގެ އިންޑިއާގެ ވާޝަނެވެ.