Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މުސާރައިގެ ކުރިއެރުން ނުލިބޭތީ އިހުތިޖާޖަށް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުން އިހުތިޖާޖުގައި: ފޮޓޯ ޝަހާމާ ލަތީފް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބޭތީ އިހުތިޖާޖު ކޮށްފިއެވެ.

މިއަދު އެ ޓްރައިބިއުނަލްގެ މުވައްޒަފުން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އޮފީސް ކުރިމަތީ ބޯޑުތަކެއް ހިފައިގެން އިހުތިޖާޖް ކޮށްފައެވެ.

އެގޮތުން އެތަނުގެ މުވައްޒަފުން ގެންގުޅުނު ބައެއް ބޯޑުތަކުގައި ވަނީ މުސާރައިގެ ކުރިއެރުން ނުލިބޭތާ 12 އަހަރު ވެފައިވާކަން ފާހަގަކޮށްފައެވެ. އަދި މުސާރައިގެ ކުރިއެރުން ހައްގުވަނީ ބަކި ބަޔަކަށްތޯ ސުވާލު އުފައްދާފައިވެއެވެ.

މި ދައުރުގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރަާ ފަރާތްތަކުގެ މުސާރަ ސަރުކާރުން ބޮޑުކޮށްފައިވެއެވެ. އަދި އިންތިހާބުގެ ކެމްޕޭން ތެރޭގައިވެސް އަންނަނީ މުސާރަ ބޮޑުކުރުމަށް ވައުދުވަމުންނެވެ.