ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑު 2023 ގެ ފޭސް 2 ގައި އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިއަހަރުގެ ދެވަނަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާފައިވާކަމަށެވެ.
އެ 10 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް – ދަ ރީޑިންގ ރޫމް، ކ. ހުޅުމާލެ، އަންހެނުންނަށް ހާއްސަ ޕްރޮގްރާމް – އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ، ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން – ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ، އައަޓްޑޯ ބީޗް ޝަވަރ އޭރިއާ – ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު، ކޮމިއުނިޓީ ޕްރޮގްރާމްސް – ފީނާ އެކަޑަމީ، ހއ. ދިއްދޫ، ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް – ނާދިލް މުތައްހިދީން، ށ. މަރޮށި، ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް – ކަޒިންސް ޔުނިޓީ ޓުވާރޑްސް އެމްޕަވަރމަންޓް، ރ. އަނގޮޅިޓީމު، ވިންސިއަރ ފުޓްބޯލް ޓްރެއިނިންގ ޕްރޮގްރާމް – ވިންސިއަރ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ، ސްމާރޓް ސްކޫލް ސިސްޓަމްސް ހަރުކުރުން – މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަރމަންޓް ނެޓްވޯކް، ލ. ގަން އަދި ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް – އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ އެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.