Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ފޭދޫ ބެޑްމިންޓަން ކޯޓް ހަދަން ހަވާލުކޮށްފި

އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ އިންޑޯ ބެޑްމިންޓަން ކޯޓްގެ މަސައްކަތް ޔޫތު މިނިސްޓްރީން މިއަދިު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޯލްޑް ރީފް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާ އެކީ މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ޔޫތު މިނިސްޓްރީން ނުދެ އެވެ.

ފޭދޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ހަދަން ނިންމައި އެ މަޝްރޫއި ބީލަމަށްލީ މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.