Last Updated: May 11, 15:16
Sunday, May 11, 2025
ކުޅިވަރު

ޒާކިރު އެދެނީ ރޮނާލްޑޯ އަށް އިސްލާމް ދީނުގެ ހިދާޔަތް!

ސައުދީ އަރަބިއްޔާގެ ކުލަބަކަށް މިހާރު ކުޅެމުުން އަންނަ ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އިސްލާމް ދީންގެ ހިދާޔަތު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެ އެވެ.

އަރަބި ހެދުމުގައި ރޮނާލްޑޯ ފެންނަ ފޮޓޯތަކެއް މިހާރު ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ޓްރެންޑްވެފައިވާ އިރު، އޭގެ ފޮޓޯއަކާ އެކީ އިންޑިއާ އަށް ނިސްބަތްވާ ޒާކިރު މިއަދު ފޭސްބުކް ޕޯސްޓެއްގައ ވިދާޅުވީ ރޮނާލްޑޯ އަށް ﷲ އިސްލާމް ދީނުގެ ހިދާޔަތް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މި ދީނަކީ އެންމެ ސާފު ދީން ކަމަށާއި އިސްލާމް ދީނަކީ ސުލްހައިގެ ދީން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރޮނާލްޑޯ މިހާރު ކުޅެނީ ސައުދީގެ އަލް ނަސްރަށެވެ. ހަތަރު ދަރިން ތިބި ރޮނާލްޑޯ އަރަދި ހެދުމުގައި ފޮޓޯތަކަކާއި ވީޑިއޯއެއް ކުލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.