Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ސްޓާލިންކްގެ ހިދުމަތް އަހަރުގެ ފަހުކޮޅު

ރާއްޖޭގައި "ސްޓާލިންކް" ގެ އިންޓަނެޓްގެ ހިދުމަތް މި އަހަރުގެ ފަހުކޮޅު ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

މަހުޖަނު އީލޮން މަސްކްގެ ސްޕޭކް އެކްސް އިން ގާއިމުކޮށްފައިވާ "ސްޓާލިންކް" ގެ ހިދުމަތް ރާއްޖެ އަށް ތައާރަފުކުރުމަށްޓަކައި އެ ކުންފުންޏާއި ޓެކްނޮލޮޖީ މިނިސްޓްރީއާ މެދު ސޮއިކޮށް ހުއްދަ ދީފައި ވަނީ މިދިޔަ މަހުގެ 24 ގަ އެވެ.

ކޭމް އިން ބުނީ "ސްޓާލިންކް" ގެ ހިދުމަތް ދޭން ފެށޭނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވި ނަމަވެސް މި އަހަރުގެ ފަހުކޮޅު ހިދުމަތް ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިކަމާ ބެހޭ އިތުރު ތަފުސީލު ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ.

"ސްޓާލިންކް" އަކީ ބޮޑު ސެޓެލައިޓް ފައުޖެއްގެ ޒަރީރާ އިން ބިނާކޮށްފައިވާ އިންޓަނެޓް ވިއުގައެކެވެ. ދެހާސް ނަވާރައިގައި ތައާރަފުކުރި ހިދުމަތް މިހާރު 60 އަށް ވުރެ ގިނަ ގައުމުތަކަށް ލިބެ އެވެ.