ކަލާސް ޓީވީ އަށް އަނެއްކާ ވެސް މުޅިން އާ ސިލްސިލާއެއް ގެންނަން ނިންމައި އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.
އަންނަ މަހުގެ ތެރޭގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ސިލްސިލާގެ ނަމަކީ "ޗާންދު ޖަލްނޭ ލަގާ" އެވެ. ކުޑައިރުން ފެށިގެން ގާތް ގުޅުމެއް އޮންނަ ދެ މީހެއްގެ ލޯބީގެ އަސަރު ގަދަ ވާހަކައެއް ކިޔައިދޭނެ މި ސިލްސިލާގެ ލީޑް ތަރިންނަކީ ވިޝާލް އަދިތިޔާ ސިންގް އާއި ކަނިކާ މަން އެވެ.
ކަލާސްގެ ޝޯތައް ކަމަށްވާ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވާދަކޮށްފައިވާ ވިޝާލް، 35، ވާ ސިލްސިލާތަކުގެ ތެރޭގައި "ޗަންދުރަގުޕްތާ މޯރިއާ"، "ސަސުރާލް ސިމަރު ކާ" އަދި "ކުލްފީ ކުމާރު ބަޖޭވާލާ" ހިމެނެ އެވެ. "ޗާންދު ޗަލްނޭ ލަގާ" ގެ ބަތަލާ ކަނިކާ، 30، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި ޒީޓީވީގެ "ގުއްޑަން ތުމް ސެ ނަ ހޯ ޕާއޭގޭ" ފާހަގަކޮށްލެވެ އެވެ.
"ޗާންދު ޖަލްނޭ ލަގާ" ގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް މި ސިލްސިލާ ޕްރީމިއާކުރާނެ ތާރީހެއް ކަލާސް އިން އަދި އިއުލާނެއް ނުކުރެ އެވެ.