Last Updated: May 15, 17:11
Thursday, May 15, 2025
ޚަބަރު

ވިއްސާރައިގައި 84 ގެއަކަށް ގެއްލުންވެއްޖެ

ރަށެއްގައި ފެން ބޮޑުވެ، ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަނީ- ފޮޓޯ: އެމްއެންޑީއެފް

ސެޕްޓެމްބަރު މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި ޖުމުލަ 84 ގެއަކަށް ގެންލުންވެގެން ރިޕޯޓް ކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނެފައިވަނީ ވިއްސާރައިގައި އެކި ރަށްރަށުގެ ގެތަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ކަމަށް ރިޕޯޓް ކޮށްފައިވާ ރަށްރަށް:
1- ޅ. ކުރެންދޫ : 66 ގެ
2- އއ. އުކުޅަސް : 15 ގެ
3- އއ. ފެރިދޫ : 01 ގެ
4- ސ. ފޭދޫ : 02 ގެ

އެންޑީއެމްއޭއިން ބުނެފައިވަނީ މި ގެއްލުން ވަޒަންކޮށް ނިމި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ވަނީ ދިމާވެފައެވެ.