Last Updated: July 23, 17:52
Thursday, July 23, 2026
ޚަބަރު

ޑިޖިޓަލް ރާއްޖެއެއް ބިނާކުރަން އުރީދޫގެ އެހީ ލިބޭ

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސް އިން އަންނަނީ ސަރުކާރާއިއެކުގައި މަސައްކަތް ކުރަމުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިޖިޓަލް އިޤުތިޞާދު ބިނާކުރުމުގައި ކުރެވެމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތްތަކަށް ތަޢާރަފްކޮށްފައިވާ "ވަންގަވް" އަދި "އީ-ފާސް" ފާހަގަކުރެއްވި އެވެ. އެގޮތުން އޯސީއެމް- އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެއާ ގުޅާލެވިފައިވުމަކީ، ރާއްޖެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއިއެކު ހަލުވި، ބްރޯޑްބޭންޑް އިންޓަނެޓާއި މޮބައިލް އިންޓަނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވަނީ ރާއްޖެ ތަރައްޤީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށާއި، އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި، އުރީދޫއިން ވަނީ، ނައިބު ރައީސަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފަ އެވެ.