Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

ހުޅުދޫ ވިޒިޓާސް ސެންޓަރު އަލުން ބީލަމަށް

އައްޑޫ ހުޅުދޫގައި ވިޒިޓާސް ސެންޓަރަކާއި އާންމު ފާހާނާތަކެއް ހަދައި ދޭނެ ބަޔަކު ހޯދަން ކުރިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާގައި ނުވާތީ އަލުން ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތްތައްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކުރެވޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 5 އާ ހަމައަށެވެ. ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 20،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.

ކަައުންސިލުން ބުނީ ވިޒިޓާސް ސެންޓަރާއި އާންމު ފާހާނާތައް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 8 ވަނަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ. އެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.