Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

ގެއްލުނު މީހާ 10 ދުވަސް ފަހުން ފެނިއްޖެ

މިމަހުގެ 17 ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔައީ އުމުރުން 28 އަހަރުގެ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް އަބްދުއްސަލާމްއެވެ.

އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް އާއިލާއިން ރިޕޯޓު ކުރުމުން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ނާޠިފް ރޭގެ ވަގުތެއްގައި ފެނިފައިވާކަމަށެވެ. އޭނާ ފެނިފައިވަނި މާލެއިން ކަމަށާއި އަދި ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ފަހަކަށްއައިސް މާލެ ސަރަހައްދުން މީހުން ގެއްލިގެން ހޯދަން އިއުލާނުކުރުން ވަނީ އާންމުވެފައެވެ. އަދި މިފަދައިން ގެއްލިގެން ހޯދަން އިއުލާނު ކުރާ މީހުންގެ ތެރެއިން ގިނަ މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންނަކަން ފުލުހުން ހާމަކުރެއެވެ.