Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ސެން ޓީޗަރުންނަށް ސްކޮލަޝިޕްތަކެއް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ސްކޮލަޝިޕްގެ ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕްގެ ދަށުން އިނގިރޭސިވިލާތުގައިި މާސްޓާސް އޮފް އޯޓިޒަމް ކިޔެވުމަށް ހަތަރު ފުރުސަތާއި މާސްޓާސް އޮފް އެޑިޔުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީ ކިޔެވުމަށް ތިން ފުރުސަތަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނީ ސްކޮލަޝިޕްތަކުގެ ޝަރުތަތަކަުގެ ތެރޭގައި ހިމެނެނީ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކީ ސަރުކާރު ސްކޫލެއްގައި މަދުވެގެން ދެ އަހަރު މަސައްކަތްކޮށްފައިވުމެވެ.

މި ސްކޮލަޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސާނީ ސަރުކާރުންނެވެ. ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ 5 އެވެ.