Last Updated: July 24, 15:14
Friday, July 24, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގެ ޕޯސްޓަރުތަކެއް

މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ރަންބީރްގެ ކަޕޫރްގެ ފިލްމު "އެނިމަލް" ގެ މައިގަނޑު ބައެއް ކާސްޓުންގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުން ދައްކައިލި ޕޯސްޓަރުތަކުގެ ތެރޭގައި ރަންބީރްގެ ޕޯސްޓަރަކާއި އަނިލް ކަޕޫރްގެ ޕޯސްޓަރަކާއި ރަޝްމިކާ މަންދަނާގެ ޕޯސްޓަރެއްގެ އިތުރުން ބޮބީ ޑިއޯލްގެ ޕޯސްޓަރެއް ހިމެނެ އެވެ.

"އެނިމަލް" އަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ގޭންގްސްޓާ ޑާކް ތުރިލާއެކެވެ. މީގެ ކާސްޓްގައި ޓްރިޕްތީ ދިމްރީ އާއި ޝަކްތީ ކަޕޫރްގެ އިތުރުން ސުރޭޝް އޮބެރޯއީ ވެސް ހިމެނެ އެވެ.

"އެނިމަލް" އަކީ މިހާތަނަށް އެންމެ ތަފާތު ކެރެކްޓާއަކުން ފެންނާނެ ފިލްމެވެ. ބެލުންތެރިންނަށް މި ފިލްމު ދޫކޮށްލަން ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 1 އެވެ.

މިއީ މި އަހަރު ރިލީޒްވާ ރަންބީރުގެ ދެވަނަ ފިލްމެވެ. ބަތަލާ އާލިއާ ބަޓްގެ ފިރިމީހާގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާޗްގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.

"އެނިމަލް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ހޭދަކޮށްގެން ހަދާފައިވާ ފިލްމެކެވެ. މީގެ ރަސްމީ ޓީޒާ ޓްރެއިލާ އަންނަ ހުކުރު ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.