Last Updated: May 2, 21:43
Friday, May 3, 2024
ޚަބަރު

ދިއްދޫ ބިން ހިއްކަން ފަށައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެވެ.

މި މަޝްރޫޢުގެ ދަށުން 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއ،ި 623,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަޙައްދުގެ ބިން ހިއްކުމާއ،ި 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއ،ި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 83 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބ،ި މުސްތަޤުބަލުގައި ދިއްދޫ އިތުރަށް އާބާދުވެ ތަރައްޤީކުރުމުގެ ދޮރުތަށް ހުޅުވިގެން ދާނެ ކަމަށެވެ.