Last Updated: May 11, 05:59
Sunday, May 11, 2025
ޚަބަރު

ބަންދަސް މިއަދާއި މާދަމާ އައިޑީ ކާޑު ދޫކުރާނެ

މިއަދާއި ބުރާސްފަތި އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފި އެވެ.

އެތަނުން ރޭ އާންމުކުރި ބަޔާނެެއްގައި ބުނީ ބަންދު ދުވަސްތަކެއްގައި ހިދުމަތް ދޭން ނިންމީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އޮންނާތީ ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން ކަމަށެވެ. ޑީއެންއާރުން ބުނީ މިއަދާއި މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިއަދާއި މާދަމާ އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ހަމަޖެއްސީ ކީރިތި ރަސޫލާގެ އީދު މީލާދާ ގުޅިގެންނެވެ.