ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ "ވާލިޔާ 7" ނަމަކަށް ކިޔާ ދޯނީގައި ހުޅުހިފީ ތިލަފުށިން 20،000 ލީޓަރު ތެޔޮއަޅައިގެން އިންޖީން ސްޓާޓް ކޮށްލި ވަގުތު ސްޕާކް ވެގެން ކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނި މި ހާދިސާ ހިނގި ވަގުތު ދޯނީގައި 3 މީހުން ތިބި ކަމަށާއި އޭގެތެރެއިން ކެޕްޓަންގެ މޫނާއި ކަނާއަތު އަތް ކޮންމެވެސް ވަރަކަށް ފިހިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދެންތިބި މީހުންނަށްވެސް އެކިވަރުގެ އަނިޔާލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގައި އަލިފާން ރޯވި ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.