Last Updated: May 11, 15:16
Sunday, May 11, 2025
ކުޅިވަރު

ރޮނާލްޑޯ ތިން ވަނަ ކައިވެންޏެއްކޮށްފި

ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ އިތުރު ކައިވެންޏެއްކޮށްފި އެވެ.

ރޮނާލް، 47، ތިން ވަނަ އަންބަކީ 33 އަހަރުގެ މޮޑެލްއެއް ކަމަށްވާ ސެލީނާ ލޮކްސް އެވެ. ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ފަހުން އެ މީހުން ކައިވެނިކުރީ މިދިޔަ ހޯމަ ދުވަހު ސްޕެއިންގެ އިބިޒާގަ އެވެ. ކައިވެނީގެ ފޮޓޯތަކެއް ރޮނާލްޑޯ އާއި ސެލީނާގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

އެ މީހުން ކައިވެނިކުރި އިރު، މިދިޔަ އަހަރު ދަރިއަކު ވެސް ލިބިފައިވެ އެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ކައިވެނިކުރީ ބްރެޒިލްގެ ފުޓްބޯޅަ ތަރިއެއް ކަމަށްވާ މިލީން ޑޮމިނިގްސްއާ އެވެ. އެއީ 1999 ގަ އެވެ. އެ ކައިވެނި ތިން އަހަރު ފަހުން ރޫޅުނު އިރު، ދެ ކުދިން ލިބިފައިވެ އެވެ. އެއީ އެއީ މިހާރު 23 އަހަރުގެ ރޮނާލްޑް އާއި 14 އަހަރުގެ މާރިއާ ސޯފިއާ އެވެ. ރޮލާންޑޯ ދެވަނަ ކައިވެނުކުރީ 2005 ގަ އެވެ. އެއީ މޮޑެލްއެއް ކަމަށްވާ ޑެނިއެލާ ސިކަރެލީއާ އެވެ. އެ ކައިވެންޏަށް ވެސް އަންހެން ދަރިއަކު ލިބިފައިވާ އެވެ. އެއީ މިހާރު 12 އަހަރުގެ މާރިއާ އެލީސް އެވެ.

ފުޓްބޯޅަ ކުލުމުން ރޮނާލްޑޯ 2011 ގައި ރިޓަޔާކުރި އެ ކުޅިވަރުން އޭނަ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. ދެ ފަހަރަށް ބެލްޑިއޯ އެވޯޑް ވެސް ހޯދާފައިވާ ރޮނާލްޑޯ ކުޅުނު ކުލަބްތަކުގެ ތެރޭގައި ރިއާލް މެޑްރިޑް، އޭސީ މިލާން، ބާސާ އަދި އިންޓަ މިލާން ހިމެނެ އެވެ.