Last Updated: July 18, 12:05
Saturday, July 18, 2026
ދުނިޔެ

މިސްރަށް 2028 އަށް 30 މިލިއަން ޓޫރިސްޓުން

މިސްރުގެ ޓޫރިޒަމް މިނިސްޓަރު އޭޕީ އަށް އިންޓަވިއު ދެއްވަނީ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިސްރަށް 30 މިލިއަން ޓޫރިސްޓުން ގެންދަން އަމާޒު ހިފައިފި އެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު އެންޑް އެންޓިކުއިޓީސް މިނިސްޓަރު އަހުމަދު އީސާ އެސޯސިއޭޓް ޕްރެސް (ޕީއޭ) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ވަބާ އާއި މިދިޔަ އަހަރުގެ ކުރީކޮޅު ފެށުނުނ ރަޝިއާ އާއި ޔުކްރޭން ހަނގުރާމައިގެ ސަބަބުން މިސްރަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.

ނަމަވެސް އެ ގައުމަށް ޒިޔާރަތްްކުރާ ޓޫރިސްޓުންގެ އަދަދު މިހާރު ބޮޑަށް އިތުރުވަމުން އަންނަ އިރު، އެ ދާއިރާ ޕްރޮމޯޓްކޮށް، ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ 2028 އާ ހަމައަށް އަންނަ އިރު، މިސްރަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 30 މިލިއަނަށް އެރުވުމެވެ.

އެއީ ކުރިން އަންދާޒާކޮޕައި އޮތް މިންވަރަށް ވުރެ ދެގުނަކަން ފާހަގަ ކުރައްވައި އީސަ ވިދާޅުވީ ޓޫރިސްޓުން މިހާރު މިސްރަށް މިސްރާބު ޖަހާ އަދަދަށް ބަލާ އިރު، އެ ޓާގެޓް 2028 ގައި ހާސިލުވާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި މިސްރަށް 10 މިލިއަން ޓޫރިސްޓުން ޒިޔާރަރްކޮށްފައިވެ އެވެ. އަދި އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 15 މިލިއަން ޓޫރިސްޓުން ގެންދިއުމެވެ.

"އެ އަދަދާ އެކީ މި އަހަރަކީ މިސްރަށް ޓޫރިސްޓުން ޒިޔާރަތްކުރާ ރެކޯޑް އަހަރަކަށް ވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު މިސްރަށް ޓޫރިޒަމް ދާއިރާ އިން 10.7 ބިލިއަން ޑޮލަރުގެ އާމްދަނީ އަށް ވަނެވެ. އޭގެ ކުރީ އަހަރު ޓޫރިޒަމް ދާއިރާގެ އަމްދަނީ އަކީ ފަސް ބިލިއަން ޑޮލަރެވެ.

މިސްރަކީ އަބަދު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެ ގައުމަކީ ގަދީމީ ތާރީހާއި ސަގާފަތެއް އޮންނަ ގައުމެކެވެ.