ސްރީ ލަންކަން އެއާލައިންސް އިން ވާޖިން އޮސްޓްރޭލިއާ އެކީ އިިންޓަލައިން އެއްބަސްވުމެއް ހަދައިދި އެވެ.
މި އެއްބަސްވުމުގެ ދަށިން ދެ އެއާލައިންގެ މެދުގައި އެއްބާރުލުންދީ، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެލީ ދަތުރުތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ އެވެ.
ރާއްޖެ އަށް ވެސް ދަތުރުތައް ކުރާ ސްރީ ލަންކަން އެއާލައިންސް އިން މިއަދު ބުނީ ވާޖިން އޮސްޓްރޭލިއާއާ އެކީ ހެދި އިންޓަލައިން އެއްބަސްވުމުގެ އޮސްޓްރޭލިއާގެ ސިޓީތަކަށް ކުރާ ދަތުރުތައް އިތުރުވެ، ދެ އެއާލައިންގެ މެދުގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.
ސްރީ ލަންކަން އެއާލައިންސަކީ ލަންކާގެ ގައުމީ އެއާލައިނެވެ. މީގެ 44 އަހަރު ކުރިން ވުޖޫދަށް އައި މި އެއާލައިނަކީ 61 ގައުމެއްގެ 126 މަންޒިލަކަށް އުދުހެމުން އަންނަ އެއާލައިނެކެވެ.
ވާޖިން އޮސްޓްރޭލިއާ އަކީ މީގެ 12 އަހަރު ކުރުން ހިދުމަތަށް ނުކުތް އެއާލައިނެކެވެ. މި އެއާލައިން 37 މަންޒިލަކަށް އުދުހެ އެވެ.