Last Updated: May 15, 11:22
Thursday, May 15, 2025
ޚަބަރު

5 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

އަތުލައިގަތް މަސްތުވާތަކެތި- ފޮޓޯ: ކަސްޓަމްސް

ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އެއާރކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރު 18 ވަނަ ދުވަހު ދުބާއީއިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އެ ޝިޕްމަންޓް އިތުރަށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ޖުމުލަ 7 ޕެކޭޖް ހިމެނޭއިރު އޭގެތެރެއިން 2 ޕެކޭޖުގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާފައި ކަސްޓަމްސްއިން މި ތަކެތި ތަހުލީލުކުރި އިރު މަސްރުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 4.030 ކިލޯ ހުރި ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީގެ އަގު 5،024،410.00 ރުފިޔާއަށް އަރާކަމަށް ވެސް ބުނެފައިވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލު ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.