Last Updated: May 15, 11:22
Thursday, May 15, 2025
ޚަބަރު

މެންމަބަރު ހައިތަމް އެމްޑީޕީން ވަކިވެއްޖެ

މެމްބަރު އަޙްމަދު ހައިތަމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވެރިކަންކުރާ އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޕީ ހައިތަމް އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ވެފައިވާއިރު، ޕާޓީން ވަކިވެފައިވަނީ އުސޫލުތައް ގަބޫލު ނުކުރެވޭ ކަމަށް ބުނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހައިތަމް އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާއިރު، މިފަހުން ފުނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖްވެސް ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.

މީގެއިތުރުން ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ 13 މެންބަރަކުވެސް ވަނީ އެމްޑީޕީންވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދާއިރު އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ތިބި އެމްޑީއޭއިންވެސް މިފަހުންވަނީ އެމްޑީޕީ ކޯލިޝަނުން ވަކިވެފައެވެ.