Last Updated: May 11, 14:59
Sunday, May 11, 2025
ޚަބަރު

ވޯޓްލާ މީހުންގެ 44 ޕަސެންޓް ޕާޓީތަކަށް ނިސްބަތް ނުވޭ

މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 44 ޕަސެންޓަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އން ބުނެފި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު 225،486 މީހަކަށް ލިބިގެންވެ އެވެ.

އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، ވޯޓްލާ މީހުންގެ ތެރެއިން 20.4 ޕަސެންޓަކީ ރާއްޖޭގެ އެންމެ ބޮޑު ބޮޑު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްނަތްބާ އެމްޑީޕީ އަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން ވޯޓްލެވޭ އާބާދީގެ 13.7 ޕަސެންޓް މީހުން ދެވަނަ އަށް އެންމެ ބޮޑު، ޕީޕީއެމަށް ނިސްބަތްވާ އިރު، ޕާޓީ ޖުމްހުރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ މީހުންގެ ނިސްބަތަކީ 8 ޕަސެންޓެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް 3.7 ޕަސެންޓް، އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 3.5 ޕަސެންޓް ނިސްބަތްވާ އިރު، އެންމެ ފަހުން ރާއްޖޭގައި އުފެދުނު ޕާޓީ، ދަ ޑިމޮކްރެޓްސް ނިސްބަތްވާ މީހުންގެ ނިސްބަތަކީ 1.2 ޕަސެންޓެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީއެންސީ އާއި ސިޔާސީ މާ ބޮޑު ހަރަކާތެއް ނުފެންނަ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ނިސްބަތްވަނީ 1- ޕަސެންޓެވެ.

އަދި ވޯޓްލެވޭ މީހުންގެ އާބާދީގެ 43.9 ޕަސެންޓް އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވެ އެވެ.

އެހެންވެ އިންތިހާބު ނަތީޖާ އެއްވެސް ކޮޅަކަށް ބުރަވުމުގައި ޕާޓީތަކަށް ނިސްބަތްނުވާ މީހުންގެ ވޯޓް މުހިއްމު ދައުރެއް އަދާކުރާނެ އެވެ. ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު އިރު، މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން 36-65 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ ޖުމްލަ 143،609 މީހުން އަދި ޕަސެންޓޭޖުން ބަލާ ނަމަ 50.8 ޕަސެންޓެވެ. އެވެ.

މާދަމާގެ ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.