ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ކައިވެމީހެ ހަފުލާގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
ޕަރިނީތީ އާއި އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ރާހަވް ޗައްޑާ ކައިވެނިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް އަދި އެހާމެ ސެކިއުރިޓީ ވަރުގަދަކޮށް ބޭއްީ މިދިޔަ ހޯމަ ދުވަހު އުދައިޕޫރްގަ އެވެ. ޕަރިނީތީ އާއި ރާގަވްގެ ކައިވެނީގެ ހަފުލާ އަކީ "ފެއަރީ ޓޭލް" އެއް ކަހަލަ ހަފުލާއެކެވެ.
އެ މީހުން މި މަހުގެ 24 ގައި ކައިވެނިކުރީ، މި އަހަރުގެ މެއި މަހުގެ 13 ގައި އެންގޭޖް ވެސް ވުމަށް ފަހު އެވެ. އެންގޭޖްމަންޓް ހަފުލާ ބޭއްވީ ވަރަށް ކުލަގަދަކޮށެވެ.
ރާގަވް، 34، އާއި ޕަރިނިތީ، 34، ވަރަށް ކުރިއްސުރެ ވެސް ގާތް ދެ މީހުންނެވެ. އެ މީހުން އިނގިރޭސިވިލާތުގައި ކިޔެވީ ވެސް އެކީގަ އެވެ. ރާގަވް އަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރެކެވެ. އަދި އޭނަ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ވެސް މެ އެވެ.
މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމއް ހޯދިފައި ނުވާ ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 6 ގައި ސިނަމާތަކަށް ގެންނަ އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖް" އެވެ.