Last Updated: May 9, 13:45
Friday, May 9, 2025
މުނިފޫހިފިލުވުން

ޓައިގާއާ އެކީ ބެލުންތެރިން ދާނީ 2070 އަށް

އަންނަ މަހު ރިލީޒްކުރާ ޓައިގާ ޝްރޮފްގެ ފިލްމު "ގަނަޕަތު: އަ ހީރޯ އިޒް ބޯން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ޒުވާން އެކްޓަރު އަނެއްކާ ވެސް ވަރުގަދަ އެކްޝަން ރޯލެއް ކުޅެފައިވާ މި ފިލްމަކީ ބެލުންތެރިން 2070 އަށް ގެންގޮސްދޭނެ ޑިސްޓޯޕިއަން އެކްޝަން ފިލްމެކެވެ.

އަންނަ މަހުގެ 20 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ގަނަޕަތު" އަކީ މިދިޔަ އަހަރު "ގުޑް ބާއި" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ހަދާފައިވާ އެއްޗެކެވެ. އޭނަ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ކްއީން" އާއި "ސުޕަ 30" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި "ގަނަޕަތު" ގެ ކާސްޓްގައި ކްރިތީ ސެނަން އާއި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ. މި ފިލްމަކީ 2014 ގެ "ހީރޯޕަންތީ" އިން އެކީގައި ބޮލީވުޑަށް ނުކުތުމަށް ފަހު، ޓައިގާ އާއި ކްރިތީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި ކްރިތީ ވެސް "ގަނަޕަތު" ގައި ފެންނާނީ އެކްޝަން ރޯލަކުންނެވެ.

ޖުމްލަ 200 ކްރޯޑް ރުޕީސް (24.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ގަނަޕަތު" އަކީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.