Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޑރ. މުއިއްޒު ވޯޓު ލައްވައިފި

ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓުލައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު 08:00 ގައި ފެށިފައިވާއިރު ހަވީރު 05:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެއެވެ.

ކެންޑިޑޭޓް މުއިއްޒު ވޯޓުލައްވާފައިވާއިރު މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ވަނީ ވޯޓުލައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.