ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް 36،000 އަށްވުރެއް ގިނަ މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހެނދުނު 09:00 އާހަމައަސް ވޯޓުލާފައިވަނީ 12.84 އިންސައްތަ މީހުންކަމަށެވެ. އެއީ 36،312 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 13،110 އަންހެނުންނާއި 23،202 ފިރިހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިފައިވާ އަދި މިހާތަނަށް 87.16 އިންސައްތަ މީހުން ވޯޓު ނުލާކަމަށް އީސީން މައުލޫމާތުދެއެވެ.
ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.