Last Updated: May 9, 13:45
Friday, May 9, 2025
ދުނިޔެ

ސިންގަޕޫރްގެ އާބާދީ އަށް 5.9 ޕަސެންޓްގެ ކުރިއެރުމެއް

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރްގެ އާބާދީ އަށް 5.9 ޕަސެންޓްގެ ކުރިއެރުމެއް އައިސްއިފި އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުން އިއްޔެ އާންމުކުރީ އާބާދީއާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުހެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހާ ހަނައަށް އެ ގައުމުގެ އާބާދީ އަށް 5.9 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ނިސްބަތް އުޅުނީ 5.6 ޕަސެންޓްގަ އެވެ.

އާބާދީ އަށް ކުރިއަރުން އައި ސަބަބުތަކު ތެރޭގައި ކޮވިޑަށް ފަހު ވަޒީފާ އާއި ތައުލީމު ހޯދަން ފަދަ ކަންކަމަށް ސިންގަޕޫރަށް ހިޖުރަކޮށްފައިވާ މީހުން އިތުރުން ހިމެނެ އެވެ. ހަ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީ އަށް އޮތް އެ ގައުމުގެ މިހާރު އާބާދީ އަށް ބަލާ އިރު، 61 ޕަސެންޓަކީ ސިންގަޕޫރްގެ ރަށްވެހިންނެވެ. އަދި 9 ޕަސެންޓަކީ ދާއިމީ ރަށްވެހިންނަށްވާ އިރު، 30 ޕަސެންޓަކީ ވަޒީފާ އާއި ތައުލީމަށްޓަކައި ހިޖުރަކޮށްފައިވާ މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔ އަހަރުގެ ޖޫން އިން މި އަހަރުގެ ޖޫން އަށް ސިންގަޕޫރަށް ވަޒީފާ ހިޖުރަކުރި މީހުންގެ އަދަދު 162،000 އަށް އަރަ އެވެ.

ސިންގަޕޫރްގެ އާބާދީ އަށް 5.9 ޕަސެންޓްގެ ކުރިއެރުމެއް އައި އިރު، 2020 ގައި އާބާދީ އަށް 2 ޕަސެންޓްގެ ދަށްވުމަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެއީ 1970 ގެ ފަހުން ސިންގަޕޫރަށް ހިޖަކުރާ މީހުން މަދުވެ، އާބާދީ އެހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

އޭޝިއާގެ ވަރުގަދަ އިގުސާދެއްގެ ގތުގައި ވެސް ފާހަގަޖޮށްލެވޭ ސިންގަޕޫރްގެ އިގުރިޒާދަށް މިދިޔަ އަހަރު 3.6 ޕަސެންޓް ކުރި އެވެ.