ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެންރީ ކެވިލްގެ އާ ފިލްމު "އާގައިލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ "ކިންގްސްމޭން" ޓްރިލޮޖީ ގެނެސްދިން މެތިއު ވައުން ވޯގްން ޑައިރެކްޓްކޮށްފައިވާ ސްޕައި އެކްޝަން ކޮމެޑީއެކެވެ.
ދެހާސް ތޭރައިގެ "މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލާއި އަދި "ވިޗާ" ސީރީޒްގައި ވަރުގަދަ ކެރެކްޓާއެއް ކުޅެފައިވާ އިނގިރޭސި އެކްޓަރު ހެންރީއާ އެކީ "އާގައިލް" ގެ ކާސްޓްގައި އޭ-ލިސްޓް ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސެމުއެލް އެލް ޖެކްސަނާއި ބްރީސް ޑަލަސް ހަވާޑާއި ޖޯން ސީނާ އާއި ސޭމް ރޮކްވެލް އާއި އެރިއަމާ ޑިބޯސް އާއި ބްރަޔަން ކްރޭންސްޓަންގެ އިތުރުން ލަވަކިޔުންތެރިޔާ ޑުއާ ލިޕާ ހިމެނެ އެވެ.
ޔުނިވާސަލް ޕިކްޗާސް އިން "އާގައިލް" ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 2 ގަ އެވެ.