Last Updated: May 9, 13:45
Friday, May 9, 2025
ޚަބަރު

ރައީސް ސޯލިހް ވޯޓުލައްވައިފި

ފޮޓޯ: ސަން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު 08:00 ގައި ފެށިފައިވާއިރު ހަވީރު 05:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެއެވެ.

އިންތިހާބުގައި ރައީސް ސޯލިހް ވޯޓު ލައްވާފައިވާއިރު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ ވޯޓުލައްވާފައެވެ. އަދި ރައިސް ސޯލިހާ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވޯޓުލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި 10:00 އާ ހަމައަށް 65،600 މީހުން ވަނީ ވޯޓުލާފައެވެ. މމިއީ ވޯޓުލެވޭ އާބާދީގެ 23.30 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.