Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ގެންގޮސްފި

ފޮޓޯ: ފުލުހުން

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

"އޮޕަރޭޝަން ބްލޫ ވޭވް"ގެ ނަމުގައި ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު އެ އިދާރާއިން ބުނެފައިވަނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މީހުންގެ ތެރެއިން 7 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282804 މީހުންނަށް ލިބިގެންވެއެވެ. އޭގެތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 126،866 މީހުނެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.