ރިޔާސީ އިންތިހާބުގެ ދެވަން ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 52 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނެފައިވަނީ މެންދުރު 01:00 އާ ހަމައަށް 149،524 މީހުން ވޯޓުލާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 72،234 އަންހެނުންނާއި 76،290 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 52.87 އިންސައްތައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282،804 މީހުންނަށް ލިބިފައިވާއިރު މިހާރު ވޯޓުނުލާ ތިބީ 133،280 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 47.13 އިންސައްތައެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލުން ހިނގަމުންދަނީ އަމާންކަމާއި އޮމާންކަމާއެކު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.