Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

މެންބަރު ޝަރީފަށް ވެސް ހަމަލާ ދީފި

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފަށް ހަމަލާދީފައިވަނީ މާލޭގެ މަންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަގޮތުން ޝަރީފްގެ ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މެންބަރު ޝަރީފަށް ބަޔަލު ހަމަލާދިން މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ޝަރީފްގެ އިތުރުން މެންބަރު ނިހާދަށްވެސް ބަޔަކުވަނީ ހަމަލާދީފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މެންބަރު ނިހާދަށް ހަމަލާދިން މައްސަލަވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާކަމަށެވެ.