Last Updated: May 9, 14:09
Friday, May 9, 2025
ދުނިޔެ

ނިއު ޔޯކް ފެނު އަޑީގައި

ރެކޯޑް އަދަދަކަށް އެމެރިކާގެ ނިއު ޔޯކަށް ވާރޭ ފެންބޮޑުވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އާންމު އެތައް ހިދުމަތަކަށް ބުރޫ އަރައި، އާންމު ދިރިއުޅުން ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ފެންބޮޑުވުމާ ގުޅިގެން ނިއު ޔޯކްގައި މިހާރު އޮތީ ކުއްލި ހާލަތު ވެސް އިއުލާންކޮށްފަ އެވެ.

ރަސްމީ އިދާރާތަކާ ހަވާލާދީ މިޑިއާތަކުން ބުނި ގޮތުގައި އިއްޔެ އެކަނި ވެސް ނިއު ޔޯކަށް 8 އިންޗިއަށް ވާރޭ ވެހިފައިވެ އެވެ. މިއީ 1948 ގެ ފަހުން އެހާ ބޯކޮށް އެތަނަށް ވާރޭ ވެހުނު ފުރަތަމަ ފަަހަރު ވެސް އެވެ.

ފެންބޮވުމާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތާއި ދަތިތަކުގެ ވާހަކަ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކަމާބެހޭ އިދާރާތަކުން ވަނީ ނިއު ޔޯކްގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް، އަޅައި ސަމާލުވެގެން ތިބުމަށް އިލްތިމާސްކޮށްގަ އެވެ.