އުރީދޫގެ މޫލީއިން އައިފޯނު ޕްރީ-އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކޮށްފި އެވެ.
އެ ކަސްޓަމަރުންނަށް ފޯނު ހަވާލުކުރީ އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި އިވެންޓެއްގަ އެވެ.
އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އައިފޯން 15ގެ ސީރީޒްގެ ފޯނުތައް ވިއްކަމުން އަންނަނީ ހާއްސަ އަގުތަކެއްގައި ކަމަށާއި މޫލީ މެދުވެރިކޮށް ފޯނު ގަންނަ އުރީދޫ ނެޓްވޯކުގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް 100ޖީބީ ޑޭޓާ ވެސް ހިލޭ ލިބޭނެ ކަމަށެވެ.
އެޕަލް އިން އައިފޯން 15 ލޯންޗްކުރީ މި މަހުގެ 12 ގަ އެވެ. އައިފޯން 15 ގެ ހަތަރު މޮޑެލް ނެރެފައިވެ އެވެ. އެއީ އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. މީގެ އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.