Last Updated: June 13, 10:19
Saturday, June 13, 2026
ޚަބަރު

ރައީސް ސޯލިހަށް ޝުކުރިއްޔާ: އަލީ ނިޒާރު

މިހާތަނަށް އައްޑޫގެ ތަރައްގީ އަށް އެންމެ ގިނަ މަސައްކަތް ދެއްވި ވެރިއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޭޔަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒަށް މަރުހަބާ ވެސް ވިދާޅުވި އެވެ.

"ފާއިތުވި ތާރީހުގައި އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ގިނަ އަދި އަގުހުރި ޙިދުމަތްތަކެއް ކޮށްދެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ހިތުގެ އެެއްމެ ފުންމިނުން ޝުކުރު ދަންނަވަން." މޭޔަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ބިންހިއްކުމާއި މަގުތައް ހެދުން ހިމެނެ އެވެ. ބިން ހިއްކުން ނިންމާފައިވާ އިރު، މަގު ހެދުމުގެ މަޝްރޫއު ދަނީ ކުރިއަށެވެ.