ޤާނޫނު އަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުން ދިޔަ ސެންޓަ ފޮ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) މި މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފި އެވެ.
ސީސީއެޗްޑީސީ އުވާލެއްވީ ދިވެހިރާ އްޖޭގެ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާއި، ޢާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޒިންމާ އުފުލުމަށް، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ "ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިޚްތިޞާޞްގެ ތެރޭގައި އެ ސެންޓަރުން ކުރަމުން ގެންދާ މަސައްކަތްތައް ހިމެނިފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.