ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ފުރިހަމަ ކެމްޕޭނަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހާ ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒުއެވެ.
އިންތިހާބުން ރައީސް ސޯލިހަށް ނާކާމިޔާބީއާ ކުރިމަތިވިއިރު ރައީސް ނަޝީދު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.
މީގެއިތުރުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް ކުރެއްވި ފުރިހަމަ ކެމްޕޭނަށް އަދި ދެއްކެވި ހިއްވަރާއި ރިވެތި ނަމޫނާއަށް ރައީސް ސޯލިހަށާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާކަމަށެވެ.
Raees Solih kurevvi furihama campagin aai dhekkevi hivvarai rivethi misaalah manikfaanashaai MDP ah nuhanu marhaba dhannavan
— Mohamed Nasheed (@MohamedNasheed) October 1, 2023
އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް 46% އާއެކު ލިބުނީ 108،700 ވޯޓެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއަށް 53% އާއެކު ލިބުނީ 126،400 ވޯޓެވެ.