Last Updated: June 15, 03:20
Sunday, June 14, 2026
ޚަބަރު

ޔާމީން ގޭބަންދަށް ބަދަލުކޮށްފި

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގޭބަންދަށް ބަދަލުކޮށްފި އެެވެ.

ކަރެކްޝަންސް އިން އެ މަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުވަޑައުގަތުމާ ގުޅިގެން ޔާމީން ގެއަށް ބަދަލުކޮށް ދެއްވަން ސަަރުކާރަށް ރޭ ގޮވާލައްވާފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ޔާމީނަށް 11 އަހަރުގެ ޖަކު ހުކުމެއް އައީ ވ. އާރަށުގެ މުއާމަލށތުގައި ހިންގި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. މި ހުކުމާ މެދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ޔާމީނަށް ގެއްލިވަޑައިގަތެނެވެ.

އެ މަނިކުފާނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް އެރުވީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގަ އެވެ. ޔާމީން ވެރިކަން ކުރެއްވީ 2013-2018 އަށެވެ. އަދި 2013 ގައި ދެވަނަ ދައުރަކަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތެވެ.