Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ޝެއިހް ހަސީނާގެ ބައްޕަގެ ވާހަކަ ފިލްމަކުން

ބަންގްލްދޭޝްގެ ކުރީގެ ރައީސް ޝެއިހް މުޖީބުއްރަހުމާންގެ ވާހަކަ ކިޔައިދޭ ފިލްމު "މުޖީބު: ދަ މޭކިން އޮފް އަ ނޭޝަން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި މަހުގެ 27 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކޮށްފައި ވަނީ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ޝިއާމް ބެނެގާލް އެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ މި ޑައިރެކްޓަރަކީ "ޒުބޭދާ" އާއި "އަންގޫރު" އާއި "ޖުނޫން" އަދި "މަންޑީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ބެނެގާލް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2010 ގެ "ވެލްޑަން އައްބާ" އެވެ.

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބައްޕަ "މުޖީބަކީ ބަންގްލަދޭޝްގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސާ ޝަހުސިއްޔަތެވެ، އޭނަ އަކީ އެ ގައުމުގެ ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ކުރެއްވި އަދި ގައުމު ބިނާކުރުމުގައި ވަރށް އިސް ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ.

"މުޖީބު" ގައި އޭނަގެ ރޯލު ކުޅެފައި ވަނ ބަންގްލަދޭޝްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަރިފިން ޝުވޫ އެވެ. މި ފިލްމުގައި މުޖީބުގެ ވަރަށް ކުޑައިރުން ފެށިގެން ގޮސް އޭނަ އަވަހާރަވުމާ ހަމައަށް ހަޔާތުގެ ސޮފުހާތައް ދައްކުވައި ދޭނެ އެވެ.