Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ބަތަލާ މާހިރާ އަލުން ކައިވެނިކޮށްފި

ޕާކިސްތާންގެ މަޝްހޫރު ބަތަލާ މާހިރާ ޚާން އަލުން ކައިވެނިކޮށްފި އެވެ.

އޭނަ އާއި ވިޔަފާވެރިޔާ ސަލީމް ކަރީމުގެ ކައިވެނީގެ ހަފުލާ އޮތީ އިއްޔެ އެވެ. ވަރަށް ކުލަގަދަކޮށް ބޭއްވި ކައިވެނީގެ ހަފުލާގެ އެއްވެސް ވާހަކައެއް މާހިރާ ރަސްމީކޮށް ހިއްސާނުކުރި ނަމަވެސް، އެ ހަފުލާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

މާހިރާ އާއި ސަލީމް ކައިވެނިކޮށްފައި މި ވަނީ އެ މީހުން ވަރަށް އަވަހަށް ކައިވެނިނުކުރާނެ ކަމަށް މިދިޔަ އޮގަސްޓް މަހު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި މާހިރާ، 38، ގެ ފުރަތަމަ ކައިވެނި ރޫޅުނީ 2015 ގަ އެވެ. އޭނަ އާއި އަލީ އަސްގަރީ 2007 ގައި ކުރި ކައިވެނި ރޫޅުނު އިރު، ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.

މާހިރާގެ އާ ފިރިމީހާ ސަލީމަކީ ޕާކިސްތާންގެ ސްޓާޓަޕެއް ކަމަށްވާ ސިމްޕައިސާގެ ސީއީއޯ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ 2016 ގެ ފިލްމު "ރައީސް" ގެ ބަތަލާގެ ރޯލު ކުޅުނު މާހިރާގެ އެންމެ ފަހުގެ ފިލްމަކީ ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާނާ އެކީ ކުޅުނު މިދިޔަ އަހަރު "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އެވެ. އެ ދެ ތަރިންނަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ސިލްސިލާ "ހަމްސަަފަރު" ގެ ވެސް ދެ ތަރިންނެވެ.

މާހިރާގެ ކުރިއަށް އޮތް ފިލްމަކީ "ނީލޯފަރް" އެވެ.