ރައީސް ކަމަށް ހޮވުވަޑައިގަތް ޑރ. މުހައްމަދު މުއިއްޒަށާއި އޭނަގެ ސަރުކާރަށް މޯލްޑިވްސް ޑިވެލޮލްމަންޓް އެލައިންސް (އެމްޑީއޭ) ގެ ފުރިހަމަ އެއްބާރުލުން އަބަދު ބެސް އޮންނާނެ ކަމަށް ރިޔާސީ އިންތިހާބަށް އެމްޑީޕިއާ އެކީ ކޯލިޝަން ހެދުމަށް ފަހު، ދެވަނަ ބުރުގައި، އެ ޕާޓީ ދޫކޮށް މުއިއްޒަށް ތާއީދުކުރަން ނިންމި ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މުއިއްޒާ އެކީ އެމްޑީއޭ އޮންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރިޔާސީއިންތިޚާބު ކާމިޔާބުކުރައްވާފައިވާ އިންތިޚާބީ ރައީސް @MMuizzu
އަދި އިންތިޚާބީ ނާއިބު ރައީސް @HucenSembe އަށް މަރްޙަބާ ދަންނަވަން. ކުރިއަށް އޮތް ރިޔާސީ ދައުރަށް ހުވާކުރައްވާ ދިވެހިރާއްޖޭގެ ވަލީޢުލްޢަމްރުގެ މަތިވެރި މަޤާމާއި، ޙަވާލުވެވަޑައިގެންނެވުމަށް ފަހު މި ލޮބުވެތި…— Ahmed Siyam Mohamed, MP (@Sun_Siyam) October 1, 2023
"ކުރިއަށް އޮތް ރިޔާސީ ދައުރަށް ހުވާ ކުރައްވާ ދިވެހިރާއްޖޭގެ ވަލީޢުލްޢަމްރުގެ މަތިވެރި މަޤާމާއި، ޙަވާލުވެވަޑައިގެންނެވުމަށް ފަހު މި ލޮބުވެތި ވަޠަންގެ ކުރިއެރުމާއި، އެންމެހައި ދިވެހި ރައްޔިތުންގެ ހެވާއި، ލާބަޔާއި، މަންފާ އަށްޓަކައި ކުރައްވާ އެންމެހާ މަސައްކަތް ތަކުގައި އަޅުގަނޑާއި، ޕާޓީގެ ލީޑަރުޝިޕްގެ ފަރާތުން ފުރިހަމައެއްބާރުލުމާއި، އެހީތެރިކަން ލިބެމުން ދާނެކަމުގެ ކަމުގެ ޔަޤީން މިފުރުޞަތުގައި އަރުވަން،" ސިޔާމު ވިދާޅުވި އެވެ. "އަޅުގަނޑުގެ ދުޢާ އަކީ މި ލޮބުވެތިވަތަން މިނިވަންކަމާ ފާގަތިކަމުގައި އަބަދުމެ ލެއްވުން އާމީން."
އެމްޑީއޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ. ރައީސް ކަމަށް ހޮވިވަޑައިގަތް މުއިއްޒަކީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެވެ.